Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

އިބޫ ސްޓެލްކޯގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި އެވެ.

މިއަދު ހަވީރު ސްޓެލްކޯގެ ހެޑް އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއޯއޯ އަހުމަދު ޒުހޫރާއި އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެހެންނަމަވެސް މިބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު އިބޫ ގެންދަވަނީ ސަރުކާރުގެ ގިނަ މުއައްސަސާތަކަކާއި ބައްދަލު ކުރައްވަމުންނެވެ. އަދި އިބޫ ވަނީ ރާއްޖޭގައި ޚަބަރު ފަތުރާ ގިނަ މީޑިއާތަކަށްވެސް ޒިޔާރަތް ކުރައްވާފައެވެ.