Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ތިލަފުށި ފަޅުގައި އޮތް ބާޖެއްގައި އަލިފާން ރޯވެއްޖެ

ފޮޓޯ: ޓްވިޓާ (އެމްއެންޑީއެފް)

ތިލަފުށީ ފަޅުގައި އޮތް ބާޖެއްގައި މިއަދު ހެނދުނު އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި "ސަން ޓޫނާ" ނަމަކަށް ކިޔާ ބާޖެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށެވެ.

ބާޖުގައި އަލިފާން ރޯވެގެން އުޅޭކަމުގެ ޚަބަރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މިހާރު ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

މިހާތަނަށް އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށާއި، ބާޖުގައި އެމޯނިއާ ގޭސް ގިނަ އަދަދަކަށް ފެތުރިފައިވާ ކަމުގެ މަޢުލޫމާތު ލިބޭ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މަސް ކިރުމަށާއި އައިސް ދޫކުރާ މި ބާޖުގައި އަލިފާން ރޯވިއިރު، 20 މީހުން ތިބި ކަމަށާއި، އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗަކަށް ނަގާފައި ކަމަށެވެ.