Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޗެނަލް 13 އިން ކަނޑާލި މުވައްޒަފުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން ސިރާޖް ތައްޔާރު

ޓީވީ ޗެނަލް 13 އިން ކަނޑާލި މުވައްޒަފުންގެ ތެރެއިން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިލޭ އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަަށް ހުންނެވި ކަމަށް ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސިރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޭއިންސާފުން އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކުރެވިގެން ނުވާނެ ކަމަށެވެ.

ޗެނަލް 13 އިން ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ. އިއްޔެ އެކަނިވެސް 10 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެެވެ.

ސްޓޭޝަންގެ މުވައްޒަފުންގެ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވާކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ.