Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޓެކްސް ނިޒާމަށް ބޮޑެތި އިސްލާހްތަކެއް ގެންނަން އެބަޖެހޭ: އަލީ ހުސައިން

ވިޔަފާރިވެރިންނާއި ރައްޔިތުންގެ އަތުން ފޭރޭގޮތަށް ބައްޓަންކޮށްފައިވާ ޓެކްސް ނިޒާމަށް ވަރަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ ޓެކްސް އާއިބެހޭ ގާނޫނުތައް އަބަދުވެސް މާނަ ކުރަންވާނީ ޓެކްސް ދައްކާ މީހާއަށް ފަހިވާގޮތަށް ކަމަށެވެ.

" ވިޔަފާރިވެރިންނާއި ރައްޔިތުންގެ އަތުން ފޭރޭގޮތަށް ބައްޓަންކޮށްފައިވާ ޓެކްސް ނިޒާމަށް ވަރަށް ބޮޑެތި އިސްލާހުތަކެއް ގެންނަންއެބަޖެހޭ. ޓެކްސް އާއިބެހޭ ގާނޫނުތައް އަބަދުވެސް މާނަ ކުރަންވާނީ ޓެކްސް ދައްކާ މީހާއަށް ފަހިވާގޮތަށް" އަލީ ހުސައިން ވިދާޅުވިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް ވެސް މިނިވަނެއް ނޫން ކަމަށް އަލީ ހުސައިންގެ ޓްވީޓްގައި އޭނާ ވަނީ ވިދާޅުވެފައެވެ.