ޕީޕީއެމްގެ ލީޑާޝިޕް އަނބުރާ ޕާޓީގެ ބާނީ، ކުރީގެ ރައީސް މައުމޫނާ ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.
ޕާޓީގެ ރައީސް ކަމުން މައުމޫން ބޭރުކޮށް ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ ވެސް 2016 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިގެންނެވެ.
ނަމަވެސް މައުމޫންގެ ފަރާތުން އެ ނިންމުން ބަދަލުކުރުމަށް ސިިވލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނިކޮށް ރައީސް ޔާމީން ލީޑަރަކަށް ހުންނަވައި ޕާޓީގެ ކޮންގްރެސް ވެސް ވަނީ މިދިޔަ މަހު ފަހުކޮޅު ބާއްވާފައެވެ. އެހެންނަމަވެސް އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކޮންގްރެސް ބޭއްވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެކޮންގްރެސް ބާތިލު ކަމަށް ކަނޑައަޅާފައެވެ.