Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މާލޭގައި ނުރައްކާތެރި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

މާލޭގައި މިއަދު މީހެއްގެ ގަޔަށް ވަޅިން ހަމަލާދީ، ނުރައްކާތެރި މާރާމާރީއެއް ހިންގައިފިއެވެ.

ޕީޕިއެމް އޮފީސް ހުންނަ ސަރަހައްދުގައި ހިނގި މިމާރާމާރީގައި ވަޅި ހަރާފައިވަނީ ސައިކަލެއްގައި ދިޔަ މީހެއްގެ ގަޔަށެވެ. މަންޒަރު ދުށް ފަރާތްތަކުން ކިޔާދީފައިވާ ގޮތުގައި އެހެން ސައިކަލަކުން އައި ދެމީހުން އޭނާގެ މޭމައްޗަށް ވަޅިހެރުމުން ސައިކަލާ އެކު ވެއްޓުނު ކަމަށެވެ.

އަދި ވަޅި ހެރުމަށް ފަހު އެދެމީހުން ބާރު ސްޕީޑެއްގައި ސަރަހައްދު ދޫކޮށް ފިލާފައިވާ ކަމަށާއި ޒަޚަމްވި ޒުވާނާ ދުވެފައި އައީ ޕީޕީއެމް އޮފީސް ދިމާލަށް ކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ.

އަދި އޭނާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭޑީކޭން ވަނީ އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ދީފައެވެ.