Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

މަހްލޫފު އެމްޑީޕީ އާއި ގުޅެނީތަ؟

މަހްލޫފު ރައީސް ނަޝީދު އާއި އެކު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

ވަރަށް އަވަހަށް ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގަންނަވާނެކަން އިއްލާން ކުރައްވާފައިވާ މަހްލޫފު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮން ކުލައެއްތޯ ސުވާލު ކުރައްވައި ޖަވާބަކަށް ކުލަ ޔެލޯ ކަމަށް ވިދާޅުވެފައެވެ.

"ކޮން ކުލައެއް، ކުލަ ޔެލޯ" އަކީ މަޝްހޫރު ލަވަކިއުންތެރިޔާ ޝިއުޒު ކިޔާފައިވާ އެމްޑީޕީގެ ފޭނުން ފޯރި ހިއްޕާލާ ލަވައެކެވެ.

މަހޭ މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު ސޯޝަލް މީޑިއާގައި މަހޭ އެމްޑީޕީ އާއި ގުޅެން އުޅޭ ކަމުގެ އަޑުވަނީ ގަދަވެފައެވެ.

ޑީއާރްޕީ އާއި ޕީޕީއެމްގައި މަހޭ އެމްޑީޕީ އާއި ރައީސް ނަޝީދަށް ފާޑުކީ ނަމަވެސް ފަހުން ވަނީ ނަޝީދުގެ ވެރިކަމާއި ގުޅުވައިގެން ދެއްކި ވާހަކަތަކަކީ އަސްލު ނޫން މައުލޫމާތުތަކެއްގެ މައްޗަށް ދެއްކި ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންގެ ކިބައިން މަހޭވަނީ މައާފަށް އެދިފައެވެ.

ރައީސް ޔާމީނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އާއި ދެމެދު ހިޔާލު ތަފާތުވުން އުފެދި ޕީޕީއެމްއިން ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ބުރަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އަދި އެމަސައްކަތުގެ ތެރެއިން 3 ފަހަރަށް ޖަލަށް ލާފައިވާ އިރު ދާދި ފަހުން މ،ަހްލޫފުވަނީ ގޭ ބަންދުން ދޫކޮށްލާފައެވެ.