Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އިއްޔެ ވެރިކަންކުރާ ފަޅީގައި ހުރެފައި މިއަދު ކޮޅު ބަދަލުކުރުމުން ހަޑި: ޑރ. އިޔާޒް

އިއްޔެ ވެރިކަންކުރާ ފަޅީގައި ހުރެފައި މިއަދު ކޮޅު ބަދަލުކުރުމަކީ ވަރަށް ހަޑި ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ވެރިކަން ބަދަލުވާ ދުވަސް ގާތްވުމާއި ގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ ބައެއް ފަރާތްތަކުގެ ރާގު ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވަނީ ކުރިން ހުރި ފަޅިއަކީ ހައްގު ފަޅި ކަމަށްވާ ނަމަ މިއަދު ވެސް އެގޮތުގައި ސާބިތުވެ ހުންނެވުމަށް ވިދާޅުވެފައެވެ.

ޑރ. އިޔާޒް އަކީ ރާއްޖޭގެ އިޖްތިމާއީ، ސިޔާސީ، އަދި ދީނީ މިފަދަ އެތައް ކަންތަކަކަށް އަލިއަޅުއްވާ ލައްވާ އެކަމަކާމެދު އެ ބޭފުޅާ ދެކެވަޑައިގަންނަވާ އަދި ކަންއޮންނަންޖެހޭ ގޮތް އަބަދުވެސް ހާމަކުރައްވަމުން ރައްޔިތުންނަށް ނަސޭޙަތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ.

ޑރ. އިޔާޒްގެ ޓްވީޓްގައި ވަނީ އަބަދުވެސް އިޚްތިޔާރު ކުރަންވާނީ ހައްގުމަގު ކަމުގައި ވިދާޅުވެފައެވެ. ފަހަރުގައި އެއީ ދުނިޔަވީ ގޮތުން ބަލިކަށިގޮތް ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.