Last Updated: April 30, 11:35
Wednesday, April 30, 2025
ޚަބަރު

ތޫފާނެއްގައި ހަވާއީގެ ރަށެއް މެޕުން ފޮހެލައިފި

ކެޓަގަރީ 5 ގެ ބާރުގަދަ ތޫފާނެއް އަރައި ހަވާއީގެ ފަޅު ރަށެއް ދުނިޔޭގެ މެޕުންވެސް ފޮހެވިއްޖެއެވެ.

ބާރުގަދަ ތޫފާން އަރާފައިވަނީ ހަވާއީގެ ހޮނޮލުލޫއާ 550 މޭލު އުތުރުގައި އޮތް ރަށެކެވެ. ފަޅު ރަށަކަށް އެރަށް ވިޔަސް، ސައިންޓިސްޓުން ވަނީ އެރަށުގައި އުޅޭ ޖަނަވާރުންނާ މެދު އިންތިހާއަށް ކަންބޮޑުވެފައެވެ.

ތޫފާނުގެ ކުރިން ފަޅުރަށް އޮތް ގޮތް-

ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ހަވާއިއަން ގްރީން ސީ ޓާޓްލް އަދި ހަވާއިއަން މޮންކް ސީލްގެ ވައްތަރުތައް އެރަށުގައި އުޅެމުންދެއެވެ. މީގެ އިތުރުންވެސް އެ ކުޑަކުޑަ ފަޅު ރަށަކީ ތަފާތު އެތައް ވައްތަރެއްގެ މަސްތަކާއި ޖަނަވާރުތަކެއް ގެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ހަވާއީވެސް ހިމެނޭއިރު ސައިންސްވެރިން ބުނެފައިވަނީ ކަނޑުގެ ލޮނުގަނޑު އުފުލި އެންމެ އަސަރު ބޮޑުވާނީ އެފަދަ ޖަޒީރާ ރަށްތަކަށް ކަމަށެވެ.