ވަކި މަންފާއަކަށް ނުބަލައި ޤައުމީ މަސްލަޙަތު އިސްކޮށްގެން، މަޖިލިސް މެމްބަރުން ޤާނޫނުތައް ފާސްކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Rayyithun ge Majlihuge masaikah feshigen kuriah dhaathan fenumakee ufaaveri manzareh. Qaanoon hedhumugai vakimeehakah amaazu nukoh, vaki manfaa akah nubalai qawmee maslahathu iskurun muhihmmu! pic.twitter.com/YyeKppq0aH
— Mohamed Jameel Ahmed (@MJameelAhmed) October 28, 2018
އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށިގެން ކުރިއަށްދާތަން ފެނުމަކީ އުފާވެރި މަންޒަރެއް ކަމަށެވެ.
އަދި ޤާނޫނު ހެދުމުގައި ވަކި މީހަކަށް އަމާޒުނުކޮށް، ވަކި މަންފާއަކަށް ނުބަލައި ޤައުމީ މަސްލަޙަތު އިސްކުރުން މުހިންމު ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވިއިރު، ގިނަ ދުވަސްތަކަކަށްފަހު މަޖިލީހުގެ ޖަލްސާތައް ވަނީ މިއަދު ފަށާފައެވެ. މިއަދު ޖަލްސާ ފެށިއިރު، ޖަލްސާގައި 42 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުއެވެ.
މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ވަކިވަކި ފަރާތްތަކުގެ މަސްލަޙަތު އިސްކޮށް، ވަކި ފަރާތްތަކަށް ގެއްލުން ދިނުމަށް އެތައް ޤާނޫނެއް ފާސްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.