Last Updated: April 25, 18:52
Thursday, April 25, 2024
ވިޔަފާރި

ފާސްޓް ފުޑް "އެނެއްކޯ" ޕްރޮމޯޝަންގެ ގުރުލުން މިރޭ

ބޮޑެތި އިނާމްތަކާ އެކު ހިތަދޫ ފާސްޓް ފުޑް ރެެސްޓޯރަންޓުން ކުރިއަށް ގެންދިޔަ "އީހަބް އެނައްކޯ ޕްރޮމޯޝަން"ގެ ގުރުލުން މިރޭ ބާއްވަން ނިންމައިފިއެވެ.

ފާސްޓު ފުޑުއިން ބުނީ ގުރުލުން މިރޭ 20:15 ގައި ފާސްޓު ފުޑުގައި އޮންނާނެކަމަށެވެ.

މި ފަހަރުގެ ޕްރޮމޯޝަންގެ ގަދަ ތިން ނަސީބުވެރިންނަށް ހުށަހަޅާފައިވާ އިނާމްތަކަށް ބަލާ އިރު އެއް ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓެވެ. އަދި ޓްރެވެލް އިންޝޫރަންސްގެ ގޮތުގައި އެއް ވަނަ ހޮވޭ ފަރާތަކަށް ސޮލެރެލް އިން ވަނީ 750،000ރ. ގެ އިންޝޫރަންސް ހުށަހަޅައިފަ އެވެ.

ދެވަނަ ނަސީބުވެރިއަކަށް އީ-ހަބުން އެސް 9 އެއް ހުށަހަޅާފައިވާ އިރު، ތިން ވަނަ ސިލްވަ ރޯޒް އިން ވަނީ 15،000ރ. ގެ އަގުހުރި ބަދިގެ ސާމާނު ހުށަހަޅައިފި އެވެ.

ގަދަ ތިން ނަސީބުވެރިންގެ އިތުރުން، އިތުރު ފަރާތްތަކަށް ވެސް އިނާމް ލިބޭނެ އެވެ. އެގޮތުން ހަތަރު ވަނަ އަށް ފާހާނާ ސެޓެއް، ފަސް ވަނަ އަށް ވަން ބްރޭންޑްގެ ފެން އަދި ހަ ވަނަ އަށް ވަނީ 2000ރ. ގިފްޓް ހެމްޕާ ހުށަހަޅައިފަ އެވެ.

މި ޕްރޮމޯޝަނަކީ އެޕްރީލް 25 އިން އޮގަސްޓު 31ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.