ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުތަކެއް ހުޅުދޫން ފުލުހުން ހޯދައިފި އެވެ.
މިތަކެތި ފުލުހުން ހޯދާފައި ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގާ އޮޕަރޭޝަނެއްގައި ޑިސެމްބަރު މަހު 29 ވަނަ ދުވަހު ހުޅުދޫ ފަޅުގެއްގެ ތެރެއިންނެވެ.
ޑިސެމްބަރު މަހު 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި މަސްތުގެ ހާލަތުގައި ތިބޭކަމަށް ތުޙުމަތު ކުރެވޭ މީހުން ހޯދައި ގުރޫފް ހަދައިގެން މަގުމަތީގައާއި ތަންތަނުގައި ތިބޭ ޒުވާނުންނާއި ސުވާލުކޮށް މީހުން ދިރިނުއުޅޭ ފަޅު ގޯތިތައް ބަލައި ފާސްކުރަމުން ދާކަމަށް ހުޅުމީދު ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ އަހަރެއްގެ އައު އަހަރު ފެށުމާއި ދިމާކޮށް ގިނަ އަދަދެއްގެ ޒުވާނުން އެއްވެގެން މަސްތުގެ ހާލަތުގައި ތިބެ ޢާންމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ރަށު ތެރޭގައި ބާރު ސްޕީޑުގައި ސައިކަލް ދުއްވައި މީހުންގެ މުދަލަށް ގެއްލުން ދީ ހަދަމުން ދާކަމަށް ފުލުހުންނަށް މައްސަލަ ހުށަހަޅަމުންދާތީ އެ ކަންތައްތައް ހައްލު ކުރުން ކަމަށެވެ.ވވވވވވ