އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރައްވާ ތާރީހަކީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނިންމުން ފާސްކޮށްފައިވަނީ މަޖްލިސްގެ ޖަލްސާއަށް ހާޒިރުވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާނެ ތާރީހާއި ގުޅޭ ގޮތުން މަޖްލިސްގެ ރިޔާސަތުން ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް ދައުރު ފަށަން ބޭނުންފުޅު ނުވާކަމަށެވެ.
މިއަދުގެ ބަހުސްގައި ޕީޕީއެމް މެމްބަރުން ވިދާޅުވަމުން ގެންދެވީ ރައީސް ހުވާ ކުރައްވަން ޖެހޭނީ އަންނަ މަހުގެ 17ގައި ކަމަށެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ އެތާރީހަކީ ނޮވެމްބަރ 11 ކަމަށެވެ.
އިބޫ ހުވާ ކުރައްވާ ތާރީހު ނޮވެމްބަރ 17އަށް ފާސްކުރެެއްވިއިރު ނޮވެމްބަރ 11ގައި ހުވާ ކުރެއްވުގެ ރަސްމިއްޔާތަށް ބައެއް ފަރާތްތަކަށް ވަނީ ދައުވަތު ފޮނުއްވާފައެވެ.