ޖުމްހުރީ ޕާޓީގެ ލީޑަރު ކަމަށް އެޕާޓީގެ ފައުންޑަރ ގާސިމް އިބްރާހިމް މިރޭ އިންތިހާބުކޮށްފިއެވެ.
ގާސިމް ޖޭޕީ ލީޑަރުކަމަށް އިންތިހާބު ކޮށްފައިވަނީ މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި 61 މެމްބަރުންގެ ވޯޓުންނެވެ. ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 42 މެންބަރުންގެ ވޯޓުއެވެ.
ގާސިމް ޖޭޕީގެ ލީޑަރުކަމަށް އިންތިހާބު ކުރެއްވީ އެޕާޓީގެ ލީޑަރުގެ މަގާމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތި ލައްވައިގެންނެވެ. ގާސިމް ނޫން ބޭފުޅަކު ލީޑަރު ކަމަށް ކުރިމަތި ލައްވާފައިނުވެއެވެ.
މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސް އަށްފަހު އެޕާޓީގެ އެންމެ އިސް މަގާމު ކަމަށްވާ ލީޑަރުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ.