Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ފާސްޓު ފުޑު "އެނެއްކޯ" ޕްރޮމޯޝަންގެ ދުބާއީ ދަތުރު ކުޅުދުއްފުށީ އާދަމް މުހައްމަދުއަށް

ހިތަދޫ ފާސްޓު ފުޑުން ކުރިއަށްގެންދިޔަ "އެނެއްކޯ" ޕްރޮމޯޝަންގެ އެއްވަނަ އިނާމު ކުޅުދުއްފުށީ، ވިލުފުށީގެ، އާދަމް މުހައްމަދަށް ލިބިއްޖެއެވެ.

އެޕްރީލް 25 އޮގަސްޓު 31ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުން އެެއްވަނައަށް ދިޔަ އާދަމް މުހައްމަދުއަށް ފާސްޓު ފުޑުން ވަނީ ދުބާއީ ދެކޮޅު ޓިކެޓާއި ހަތަރު ދުވަހުގެ ހުރުމުގެ ހަރަދު ދޭން ނިންމާފައެވެ. އަދި ސޮލަރެލް އިންޝުރެންސުންދޭ 75،000 ޑޮލަރުގެ ޓްރެވަލް އިންޝޫރެންސް ލިބިފައިވެއެވެ.

އެނެއްކޯ ޕްރޮމޯޝަމްގެ ދެވަނައަށް ދިޔަ ފަރާތަށް އީހަބްގެ ފަރާތުން ސެމްސަންގ އެސް9 ފޯނު ހަވާލު ކުރަނީ، ފޮޓޯ: އީހަބް

ހިތަދޫ އީހަބުން މެއިން ސްޕޮންސާރ ކޮށްފައިވާ މި ޕްރޮމޯޝަންގެ ދެވަނަ ފަރާތަކަށް ހޮވިފައިވަނީ ސ. ހިތަދޫ، ދުއްލިސާގެ ރައޫމް ބިންތި އަހުމަދުއެވެ. މިފަރާތަށް އީހަބުން ހުށަހަޅާފައިވަނީ ސެމްސަންގ އެސް9 ފޯނެކެވެ.

ޕްރޮމޯޝަންގެ ތިންވަނައަށް ހިތަދޫ ސިލްވަރ ރޯސްއިން ހުށަހަޅާފައިވާ 15،000 ރުފިޔާގެ ބަދިގެ ސެޓު ލިބުނީ ސ. ހިތަދޫ ދޮންމިދިލިގެ، ނިޝާނާ އަބްދުﷲ އަށެވެ.

ހަތަރުވަނަ ފަރާތަކަށް ހިތަދޫ އެންއެމްއެސްއިން ހުށަހެޅި ފާހާނާ ސެޓު ލިބުނީ، ސ. ހިތަދޫ ޝޭޑީ ގްރޯ އާމިނަތު އަލިދިދީއަށެވެ.

ފަސްވަނަ އަދި ހަވަނަ ފަރާތަށް ވަން ޑިގްރީ ސައުތުއިން ހުށަހެޅި ވޯޓަރ ޑިސްޕެންސަރާއި އެކު ހިމެނޭ ގިފްޓު ހެމްޕަރ ލިބިފައިވަނީ އައިޝަތު ސޯލިހު، ޝޭޑީ ގްރޯ، އަދި ރިޔާސާ ފަރީދު، ޕޯޓަލޯގެއަށެވެ.

ޕްރޮމޯޝަންގެ ހަތްވަނަ އަދި 8 ވަނަ ފަރާތަކަށް ސަރަސޫނާއި ހުށަހެޅި ގިފްޓު ހެމްޕަ ލިބިފައިވަނީ ބީޗްވިލާ، އަބްދުﷲ އަދި އުޔޫން އަހުމަދު ނަދީމް، ސިލްފަސްއަށެވެ.

މީގެ އިތުރުން ސޮލަރެލް އިންޝޫރެންސްއިން ހުށަހަޅާފައިވާ މޮޓޯ ސައިކަލް އިންޝޫރެންސް ވަނީ 5 ފަރާތަކަށް ލިބިފައެވެ.

އެއީ: 1- ސޮހާދު ހާން، ސެންތޯސާ
2- ފާޠިމަތު އަހުމަދު، ގޮލްފު، ސ. ހިތަދޫ
3- ޝިޔާދު ޝައުގީ، އިވްނިން ފްލާވަރ، ސ. މަރަދޫފޭދޫ
4- ޔުއާން، ޓެނިސްގެ
5- އަބްދުﷲ އިމާދު، ސަންގު މަރުމަރުގެ، ސ. ހިތަދޫ

މި ޕްރޮމޯޝަންގެ ގުރުލުން ބާއްވާފައިވަނީ ރޭ ހިތަދޫ ފާސްޓުފުޑުގައެވެ. ގުރުއަތުން ނަންބަރު ނަގާދީފައިވަނީ މި ޕްރޮމޯޝަންގެ ސްޕޮންސަރުންނެވެ. މިއީ ފާސްޓުފުޑުން "އެނެއްކޯ" ޕްރޮމޯޝަންގެ ދަށުން ގެނެސްދިން ދެވަނަ ޕްރޮމޯޝަންއެވެ.