ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުނު ކުރީގެ މެޖިސްޓްރޭޓަރު އަހުމަދު ނިހާނަށް ޖަލުގައި "ޓޯޗާ" ކޮށްފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށައަޅައިފިއެވެ.
ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ނިހާނު ޖަލު ގޮޅިން ނެރެ، ބިޑި އަޅުވައި ބޭރުގައި އެތައް އިރަކު ބަހައްޓާފައިވާ ކަމަށް ބުނެ އެޗްއާރްސީއެމަށް މައްސަލަ ހުށައެޅީ ނިހާނުގެ ގާނޫނީ ވަކީލު ޝާދިޔާ އާދަމްއެވެ.
އޭނާ ބުނެފައިވަނީ ކޮމިޝަނަށް މައްސަލަ ހުށައެޅުމުން، ކޮމިޝަނުން އަމިއްލައަށް ވެސް މައްސަލަ ބަލަމުން އަންނަ ކަމަށް އެނގިފައިވާ ކަމަށެވެ.
އެޗްއާރްސީއެމުން ވަނީ ދާދި ފަހުންވެސް ޖަލުގެ ހާލަތު ބެލުމަށް ޒިޔާރަތް ކޮށްފައެވެ. ނަމަވެސް ޖަލުގެ ހާލަތާ ބެހޭ ގޮތުން ވަކި އެއްޗެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.