Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ބްރެޒިލްގެ އިންތިޚާބު ބޮލްސަނަރޯ ކާމިޔާބުކޮށްފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ބޮލްސަނާރޯ ކާމިޔާބުކޮށް އާ ރައީސްގެ މަގާމަށް އިންތިޚާބުވެއްޖެއެވެ.

ބޮލްސަނާރޯއަށް މި އިންތިޚާބުގެ ދެވަނަ ބުރުން %56 ވޯޓު ލިބިފައިވާއިރު އޭނާއާ އެންމެ ކައިރިން ވާދަކުރި ސައުޕޯލޯގެ ކުރީގެ މޭޔަރ އަދި ވޯކަރސް ޕާޓީގެ ފެރްނާންޑޯ ހައްދާދަށް ލިބިފައިވަނީ %44 ވޯޓެވެ.

ބޮލްސަނާރޯ އަކީ އޭނާ ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކުގެ ހަރުކަށި ފިކުރުގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ލީޑަރެކެވެ.

ނަމަވެސް އޭނާއަށް ކެމްޕޭނުކޮށް ތާއީދުކުރި ބްރެޒިލް ރައްޔިތުން ވަނީ އޭނާއަކީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކޮށްދެވޭނެ ލީޑަރެއް ކަމަށެވެ. ބޮލްސަނާރޯ އަށް ވަނީ ކެމްޕޭނުގައި ވަޅީގެ ހަމަލާއެއް ވެސް އަމާޒުވެފައެވެ. އޭގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ރިޔާސީ ކެމްޕޭނާ ދުރުގައި ހުންނަން ޖެހިވަޑައިގަތެވެ.