Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ބްރިޓިޝް ލޯޔަލްޓީ ފެތިފައިވާ ސަރަހައްދާއި އައްޑޫ މަންތާ ޕޮއިންޓު ހިމާޔަތްކޮށްފި

އިނގުރޭސިން ގަމުގައި ތިބި ދުވަސްވަރު އައްޑޫގެ އެތެރެވަރިއަށް ފެއްތި "ބިރިޓިޝް ލޯޔަލްޓީ" އޮތް ސަރަހައްދު ހިމާޔަތް ކުރަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

"ބްރިޓިޝް ލޯޔަލްޓީ" ނައު ފައްތާފައިވާ ސަރަހައްދަކީ އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޑައިވްކުރާ މީހުންގެ އެންމެ މަގްބޫލް އެއް ޑައިވް ސްޕޮޓެވެ.

އީޕީއޭއިން ވަނީ މި ސަރަހައްދުގެ އިތުރުން ކަނޑިހެރަ މާކަނޑު ކަނޑުއޮޅި އާއި އެތަން ވަށައިގެންވާ ކަނޑާއި ފަރާއި ފަޅާއި އެއްގަމުގެ ސަރަހައްދު ވެސް ހިމާޔަތް ކުރަން ނިންމާފައެވެ. މި ސަރަހައްދަކީ އެންމަޑި ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ފެންނަ ގުދުރަތީ ގޮތުން މުއްސަދި ސަރަހައްދެކެވެ.

އީޕީއޭ އިން މިއަދު ބުނީ އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމާއި ބެލެހެއްޓުމާއި އެ ސަރަހައްދުގެ ގުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށް ޓަކައި، ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ދެ ސަރަހައްދު ހިމާޔަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގެ އިންތައް ވަކިކޮށް، އެ ސަރަހައްދުގެ ގުދުރަތީ މާހައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިގްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި އެސަރަހައްދުތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި މިމަހު 13 ން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ މި ދެ ސަރަހައްދު ޒޯންކުރެވިފައިވާ ގަވައިދުގައިވާ ގޮތުގައި އެސަރަހައްދަށް ފީނުމަށާއި، ސްނޯކްލްކުރުމަށާއި، މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް، ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދުގެ މާހައުލަށާއި ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ހަރަކާތްތައް ހިންގުމަށް ސަމާލުވުމަށްވަނީ އެދިފައެވެ.

އޭގެ އިތުރުން އެގަވާއިދުގެ ދަށުން ފީނުމަށާއި، ސްނޯކްލްކުރުމަށާއި، މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް ހަމަސްދުވަހުގެ ފަހުން ވިޒިޓަރ ފީއެއް ނަގަން ފަށާނެ ކަމަށާއި އެނެގޭ ފީ ޓްރަސްޓް ފަންޑަކަށް ޖަމާކޮށް، ހަރަދުކުރުމަށް ނިންމާފައިވަނީ އެސަރަހައްދު ބެލެހެއްޓުމަށާއި ސިޓީގެ ތިމާވެށީ ހިމާޔަތްކުރުމަށާއި އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގުމަށް ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ