Last Updated: August 24, 20:47
Sunday, August 24, 2025
ޚަބަރު

މެމްބަރު ސައުދުﷲގެ ގޮނޑި ނުގެއްލޭކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމުން ވަކިކޮށްފައި ކަމަށް ބުނެ ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ސުޕްރީމް ކޯޓަށް އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ހުށައެޅި މައްސަލަ ތަކުގެ ތެރެއިން މިއަދު ވަނީ ހަތަރު މެމްބަރެއްގެ މައްސަލަ ބަލައި ހުކުމް އިއްވާފައެވެ.

ހުރިހާ މެމްބަރުންގެ ވެސް ހުކުމް އިއްވާފައިވަނީ މެމްބަރުން ކޮޅަށް މައްސަލަ ނިމިގެންނެވެ. އަދި ސުޕްރީމް ކޯޓޫން ވަނީ މީގެ ކުރިން ވެސް ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް އިއްވާފައެވެ.