Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ޖެނެރަލް ޑީޑީގެ ޓެރަރިޒަމް މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ، ފޮޓޯ: ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ އެމްއެންޑީއެފް މާލެ އޭރިޔާ ކޮމާންޑަރ، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު 2011 ވަނަ އަހަރު ހައްޔަރުކުރުމުގައި ޖެނެރަލް ދީދީގެ އަތެއް ވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން މިދައުވާ އުފުލީ މައްސަލަ ފުރަތަމަ ފަހަރަށް ހުށައެޅުމުން ބޭރުކޮށްލުމުން، ގާޒީ ބަދަލުކޮށްފައިވަނިކޮށެވެ.

ޑީޑީ ވަނީ ދެވަނަ ފަހަރަށް އުފުލި ދައުވާއަށް ވެސް އިންކާރު ކުރައްވައި، އެއީ ސިޔާސީ ދައުވާއެއް ކަމަށް ސިފަކޮށްފައެވެ. އަދި އެމަނިކުފާނަކީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ބައިވެރިވި ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރ ތަލްހަތު ކަލޭފާނަށް ވަނީ ޖަލުހުކުމް އިއްވާފައެވެ. ރައީސް ނަޝީދުގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން މިހާރު ޕީޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.