އައްޑޫ ސިޓީ އިން 400 ގޯތި ދިނުމަށް ހައުސިން މިނިސްޓްރީން ކުރާ މަސައްކަތް ހުއްޓުވުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
ކައުންސިލުން މިމައްސަލަ ހުށައެޅީ ހައުސިން މިނިސްޓްރީ އިން ގޯތި ދޫކުރުމުގައި ގާނޫނާ ޚިލާފު ވެފައިވާ ކަމަށް ބުނެ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށެވެ.
ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނާ ޚިލާފަށް ކައުންސިލުން ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އެއިދާރާއަށް އެނގިފައިވާތީ އެއީ ގާނޫނާއި ޚިލާފަށް ކުރެވެމުންދާ ކަމަކަށް ވާތީ އެކަން ހުއްޓުވައި ދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ހައުސިން މިނިސްޓްރީން 400 ގޯތި ދޫކުރަން ހުށައެޅީ ހެޔޮ ނިޔަތެއްގައި ކަމަށް ނުބެލެވޭ ކަމަށެވެ.