އެލް ކްލަސިކޯގައި ބާސެލޯނާއަތުން 1-5 ގެ ހިތި ނަތީޖާއިން ރެއާލް ބަލިވިތާ 24 ގަޑިއިރު ތެރޭ ރެއާލްގެ ކޯޗު ކަމުން ޖުލެން ލޮޕެޓޭގީ ވަކިކޮށްފިއެވެ.
ސްޕެއިން ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރުމަށް ފަހު ނިމިގެން ދިޔަ ވޯލްޑް ކަޕް ފެށެން ތިން ދުވަހަށް ވެފައިވަނިކޮށް ލޮޕެޓޭގީ، ރެއާލްގެ ކޯޗު ކަމުގެ މަގާމާއި ހަވާލުވިކަން އިއުލާން ކުރުމާއެކު އޭނާ ވަނީ މުބާރާތް ނުފެށެނީސް ގައުމީ ޓީމުގެ ކޯޗުކަމުން ވަކިކޮށްފައެވެ.
ރެއާލްގެ ކޯޗުކަމާއި ލޮޕެޓޭގީ ހަވާލުވުމަށް ފަހު އާސީޒަނުގެ ފެށުން ރަނގަޅު ނަމަވެސް ފާއިތުވެދިޔަ ދެމަސް ދުވަހަކީ ރެއާލަށް ހިތްދަތި ދުވަސްތަކެކެވެ. އެންމެ ފަހަކަށް ކުޅުނު ހަ މެޗުން، ފަސް މެޗުން ބަލިވެ ލޮޕެޓޭގީގެ ގެ ބަލިފައި މައްޗަށް ފޮއި ވެއްޓުނީ ވާދަވެރި ބާސެލޯނާއަތުން ލަދުވެތި ބައްޔެއް ލިބުމުންނެވެ.
ލީގު ތާވަލުގެ 9 ވަނައަށް ރެއާލް ވެއްޓިފައިވާއިރު މިއީ 2001 ވަނަ އަހަރުން ފެށިގެން ރެއާލަށް ލީގުގެ ފުރަތަމަ 10 މެޗުން އެންމެ ދަށް ނަތީޖާ ނެރުނު ސީޒަނެވެ. ލޮޕެޓޭގީ ވަކިކުރުމަށް ފަހު އޭނާގެ ބަދަލުގައި ޓޮޓެންހަމްގެ ޕޮޗެޓީނޯ ހޯދުމަށް ރެއާލުން ވަނީ މަސައްކަތް ފަށާފައެވެ.