Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ކިތަންމެ ބޮޑު މުޖުރިމެއް ނަމަވެސް އިންސާނީ ހައްޤު އޮންނަންވާނެ: ޑރ. އިޔާޒް

ޑރ. މުހައްމަދު އިޔާޒް. ފޮޓޯ: މިއަދު

ކިތަންމެ ބޮޑު މުޖުރިމެއް ނަމަވެސް އިންސާނީ ހައްޤު އޮންނަންވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒްގެ މިއަދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ ޝަރީޢަތް ހިންގެންޖެހޭނީ އަދި ކުށް ސާބިތުވެއްޖެ ހިނދެއްގައި އަދަބު ތަންފީޒު ކުރަންވާނީ ވެސް އެކަމަށްޓަކާ ހެދިފައި އޮންނަ އުސޫލެއްގެ މަތިން ކަމަށެވެ.

ޒާތީވެގެން ނުވާނެ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

މުޖުތަމަޢުގައި ހިނގާ އެކިއެކި ކަންތަކަށް އަލިއަޅުއްވާ ލައްވާ ޑރ. އިޔާޒަކީ އަބަދުވެސް ނަސޭހަތްދެއްވާ ބޭފުޅެކެވެ. ކަންތައް އޮންނަންޖެހޭ އެންމެ ރަނގަޅުގޮތް ހާމަކުރެއްވުމުގައި އަބަދުވެސް ދެމިހުންނަވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.