ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަނިޔާވެރިކަމާއި" ދެކޮޅަށް މަރަދޫ ރައްޔިތުން މިއަދޫ ހަވީރު ނިކުންނަން ނިންމައިފިއެވެ.
މަރަދޫން ވާހަކަ ދެއްކި ޒުވާނަކު ބުނީ މިމަހުގެ 15 ވަނަ ދުވަހު ހަވީރު މަރަދޫގައި ހުންނަ ޕީޕީއެމް ޖަގަހަ ސަރައްދުގައި ފުލުހުން ވަރަށް އަނިޔާވެރިގޮތަކަށް މަރަދޫ ޒުވާނުން ތަކެއް ހައްޔަރު ކުރުމާއި ގުޅިގެން ހިނގައި ދިޔަ ކަން ކަމުގައި ފުލުހުން އާއްމު ރައްޔިތުންނާއި ދިމާލަށް ހުތުރު ބަހުން މުއާމަލާކޮށް ޕެޕަރ ސްޕްރޭ ޖެހި މައްސަލާގައި އެކަން ކުށްވެރި ކުރުމުގެ ގޮތުން ރައްޔިތުން ނިކުންނަނީ ކަމަށެވެ.
މަރަދޫން މައުލޫމާތު ލިބޭ ގޮތުގައި މި ހަރަކާތުގައި އައްޑޫގެ އެހެން ރަށްތަކުން ވެސް މީހުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އާއްމުން މުޒާހަރާއަށް ނިކުންނަ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ހިތަދޫ ފުލުހުންގެ މަރުކަޒު ހުންނަ ސަރަހައްދު ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ.
މަރަދޫން މީހުން ހައްޔަރު ކުރި މައްސަލާގައި އެމްޑީޕީ ވަކީލަކު މިއަދު ހަވީރު އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ އިރު ފުލުހުން އިއްޔެ ކޯޓަށް ގެންގޮސް 10 ދުވަހުގެ މުއްދަތު ޖެހި އެންމެން ތިބީ ބަންދު ކުރިތާ 24 ގަޑިއިރު ހަމަވެފައެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ އެމީހުން ކޯޓަށް ގެނައީ 24 ގަޑި އިރު ވުމުގެ ކުރިން ކަމަށާއި އެކަމުގައި މައްސަލައެއް ނުވާ ކަމަށެވެ.