މާލެއަށް ކުރަމުންދާ ބޯ ވިއްސާރާގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތި އުނދަގޫތައް ދިމާވާން ފެށުމުން ގައުމީ ދިފާއީ ބާރުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ވެސްޓު ޕާކާއި ދަރުބާރުގޭ ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ޕަމްޕު ޖަހައިގެން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ 60 މިލިމީޓަރު ބޯކޮށް ވާރޭ ވެހިފައިވެއެވެ. އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވަނީ ކަމާ ބެހޭ ފަރާތްތަކަށް އެ މަސައްކަތް ނުވެ، ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށެވެ.