Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

ސިރިސޭނާ އާއި ރާޖަޕަކްސަ ދެކޮޅަށް ކޮލަމްބޯގައި ބޮޑު މުޒާހަރާއެއް

ކޮލަމްބޯ 30 އޮކްޓޯބަރ: ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވި ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސާ އާއި ދެކޮޅަށް ބޮޑުވަޒީރު ކަމުން ދުރުކުރި ރަނިލްގެ ޕާޓީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ން ކޮޅުނބުގައި ބޮޑު މުޒާހަރާއެެއް ފަށައިފިއެވެ.

ރަނިލްއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮލަމްބޯގައި ހުންނަ ޕާލެމެންޓު ހައުސް ސަރަހައްދަށް އެއްވެ ސިރިސޭނާ އާއި ރާޖަޕަކްސަ އާއި ދެކޮޅަށް އަޑުއުފުލާފައެވެ.

ރަނިލް ބޮޑުވަޒީރު ކަމުން ދުރުކޮށް ސިރިސޭނާ ވަނީ ޕާލަމެންޓު ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހަމަމަގަށް ނޭޅުވިއްޖެނަމަ އެގައުމުގައި ލޭ އޮހުރުން ހިނގާނެކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔަ ވަނީ ވިދާޅުވެފައެވެ.