ނޮވެމްބަރު 1 ވާ ބުރާސްފަތި ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނާއެކު ރާއްޖެ ވަޑައިގަތުމަށް އިންތިޚާބީ ރައީސް އިބޫ ސޯލިހް މިއަދު ލަންކާއަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.
ސިޔާސީ ގޮތުން އެކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ނަޝީދާއި އިބޫ އަކީ ޒަމާންވީ ދެ އެކުވެރިންނެވެ. ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމުން ކެންޑިޑޭޓަކަށް އިބޫ އައްޔަން ކުރުމަށް ތާއީދުކޮށް ނަޝީދު ވަނީ އިބޫއަށް ކެމްޕޭނުވެސް ކޮށްދީފައެވެ.
ނަޝީދު އަރިހަށް އިބޫ ލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވަން ދެން އެމްޑީޕީ ސަޕޯޓަރުން އަންނަނީ ކުލަގަދަ ކޮށް އެ ރަސްމިއްޔާތު ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ.