Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އެސްއޯ ފުލުހުންނާ ދެކޮޅަށް ހިނގާލުމެއް ބާއްވައިފި

އެސްްއޯ ފުލުހުންނާ ދެކޮޅަށް ހުކުރު ދުވަހު އައްޑޫގައި އަޑު އުފުލަނީ. ފޮޓޯ/ އައްޑޫ ލައިވް

ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންނާ ދެކޮޅަށް އައްޑޫގައި މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.

މަރަދޫ ބަނދަރުން ފަށައިގެން ގަމާއި ފޭދު އާ ގުޅޭ ކޯޒްވޭ އާ ހަމައަށް ބޭއްވި ހިނގާލުމުގައި އެސްއޯ ފުލުހުންނާ ދެކޮޅަަށް ޝުއޫރުތައް ފާޅުކޮށް، މިދިޔަ ބުދަ ދުވަހު މަރަދޫން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވެ އެވެ.

މަރަދޫން ހައްޔަރު ކުރި އަށް ޒުވާނުންގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ 10 ދުވަހަށް އިތުރުކޮށްފަ އެވެ.

ކޯޒްވޭ އާ ދިމާއަށް ހިނގާލުމުގެ ބައިވެރިން ދިޔަ އިރު، ގަމަށް ނޭރޭ ގޮތަށް ފުލުހުން ބެރިކޭޑް ޖަހައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. އަދި ފާލަންމަތީ ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން ދިޔަ އެވެ.

މި ހިނގާލުމުގައި އިސްކޮށް ހުންނެވީ މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް އެވެ.

ފޭދޫ ކޮޅުން ހިނގާލުމުގެ ބައިވެރިން ވަނީ އެ ހަރަކާތް ވަރަށް ސުލްހަވެރިކަމާ އެކު ނިންމާލައި އެނބުރި މަރަދު އަށް ގޮސްފަ އެވެ.