Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އަދުރޭ ރުޅިގަދަވެ ނިހާން ހޫރާލައިފި

ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ރުޅިއައިސްގެން ޕީޕީއެމްގެ ޕީޖީ އަހުމަދު ނިހާން ހަސަން މަނިކު ހޫރާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮޓަރިއެއްގެ ތެރޭގައި ހިނގި މިހާދިސާގައި އަދުރޭ ނިހާނު ހޫރާލީ ރިޔާޒު ރަޝީދު އާއި ދިމާލަށް އަދުރޭ ދާން ފެށުމުން އެކަން ހުއްޓުވަން ނިހާނު އުޅުއްވުމުންނެވެ.

އަދުރޭ ވަނީ ރުޅިއައިސް ރިޔާޒާއި ދިމާލަށް އައުގުރާނަ ގޮވާފައެވެ. އަދުރޭ އަތް އުއްކަވަމުން ރިޔާޒު ކައިރިވެފައި ދެން ފެނުނީ ނިހާން އަތުގައި ހިއްޕަވައި ހޫރާލިތަނެވެ. މިވީޑިއޯއިން ރިޔާޒު ރަޝީދު ވިދާޅުވާ އެއްޗެއް ސާފެއް ނުވެއެވެ.

ގިނަ ދުވަސްތަކަކަށް މަޖްލިސް މެދުކެޑިފައި އޮތުމަށް ފަހު އަލުން ޖަލްސާ ފަށާފައިވާ އިރު ރިޔާޒު ރަޝީދު އާއި ޕީޕީއެެމް އާއި ދެމެދު ވަނީ ހިޔާލު ތަފާތުވެފައެެވެ. ރިޔާޒު އާއި ޕީޕީއެމް އާއި ގުޅުން ގޯސްވެ ދާދިފަހުން ވަނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ރައީސް ޔާމީން އާއިވެސް ހޫނު ޒުވާބެއް ހިނގާފައެވެ.