Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ޔާމީންއަށް ފަސް އަހަރުގެ ދައުރެއް ދިނީ އެމްޑީޕީން: ނަޝީދު

ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރަން ފުރުސަތު ދިނީ އެމްޑީޕީންކަމަށް އެޕާޓީގެ ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ބޭނުންވީ ރާއްޖޭގެ ވެރިކަން ރައްޔިތުންގެ ވޯޓުން ނޫން ގޮތަކަށް ބަދަލު ނުކުރުމަށެވެ.

"… 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއަށް ފަހުގައި ރާއްޖޭގެ ވެރިކަން މިދަނީ އެއް ފަހަރު މަތިން އަނެއް ފަހަރު އަޑިން، އެހެން ނަމަވެސް އަލުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ރައީސް ޔާމީނަށް 5 އަހަރު ލިބިފައި އެވަނީ"

ނަޝީދު ވިދާޅުވީ ޔާމީންގެ 5 އަހަރުގައި ވެރިކަން ގާނޫނާއި ހިލާފަށް ބަދަލުކުރަން އެމްޑީޕީން ބޭނުން ނުވިކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބޭނުންވާނީ ރާއްޖޭގެ ވެރިކަން ބަދަލުވާން ޖެހޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް އެނޫން ގޮތަކަށް ވެރިކަމެއް ބަދަލުވެގެން ނުވާނެ

" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާ އިރު ރައީސް އަބްދުﷲ ޔާމީން އަޒަލު ކުރުމަށް މަޖްލިސްއަށް ހުށަހެޅުމަށް އިދިކޮޅު މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވުމާއި އެކު މިހާރު ވެރިކަން ނިމެން ބާކީ އޮތީ 16 ދުވަހެވެ.