ފޯ ސީޒަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް މިއަހަރުވެސް އައްޑޫއިން ކުދިން ނެގުމަށް އައްޑޫގައި އިންޓަވިއު ޕްރޮގްރާމް ބޭއްވުމަށް ނިންމައިފިއެވެ.
ފޯސީޒަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުގެ އައްޑޫ އިންޓަވިއު ޕްރޮގްރާމް އޮންނާނީ ނޮވެމްބަރ 3 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު ހިތަދޫގައި ހުންނަ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް އަދި ހަވީރު 5 އިން ފެށިގެން މަރަދޫ އިރުޝާދިއްޔާ ސްކޫލްގައެވެ.

އަންނަ އަހަރުގެ މޭއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 1 އަހަރަށް ކުރިއަށް ގެންދާ އެޕްރެންޓިސް ޕްރޮގްރާމުގައި ދެ ޖިންސުގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ. ނަމަވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށެވެ.
އިންޓަވިއުއިން ހޮވޭ ބައިވެރިންނަށް އަންނަ އަހަރު ފޯ ސީޒަން ކުޑަހުރާ އަދި ލަނޑާގިރާވަރު، ދެ ރިސޯޓުގައި ތަމްރީން ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.