Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ގެއްލުނު ފަތުރުވެރިޔަކު މަރުވެފައި އޮތްވާ ފެނިއްޖެ

ފިހާޅޮހި އައިލެންޑު ރިސޯޓުން އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން އެމީހާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަން ފެށީ އިއްޔެ މެންދުރު 14:30 ހާއިރެވެ. ޑައިވަރުން އެ ސަރަހައްދުން ފީނައި ބަލަމުންދަނިކޮށް ފަތުރުވެރިޔާ ފެނިފައިވަނީ މިއަދު ހެނދުނު މޫދަ އަޑީގައި އޮތްވައެވެ.

ފަތުރުވެރިޔާގެ ހަށިގަނޑު މިހާރު މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު މިއަދަކީ އެމީހާ ޗުއްޓީ ނިންމާލުމަށް ފަހު ރާއްޖެ ދޫކޮށް ދިއުމަށް ހަމަޖެހިފައިވާ ދުވަހެވެ.