Last Updated: June 9, 17:01
Tuesday, June 9, 2026
ޚަބަރު

ރައީސް ޔާމީންގެ ކެމްޕޭނަށް އެޅި ދަތުރުތަކުގެ ފައިސާ އަދިވެސް ނުދައްކާ!

ރައީސް އަބްދުﷲ ޔާމީން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ކުރެއްވި ކެމްޕޭނު ދަތުރުފުޅުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާ ނުދައްކައިގެން އެކުންފުނިން ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅައިފި ކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ވަނީ މިފައިސާ ހޯދުމަށް އިލެކްޝަންސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއަށް ލިޔުންތައް ހުށައަޅާފައެވެ. އެގޮތުން އީސީއަށް ހުށައެޅުއްވި ލިޔުންތަކުގައި އައިލެންޑް އޭވިއޭޝަނުން ވަނީ ޕީޕީއެމުން ކުރި ޚަރަދުތަކަށް ފައިސާ ނުދައްކާތީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭ ފައިސާއިން ޕީޕީއެމަށް ކަނޑައަޅާފައި ހުރި ފައިސާއިން އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާ އުނިކޮށް، އެ ފައިސާ ހޯދައިދިނުމަށް އެދިފައެވެ.

އަދި އީސީއަށާއި ފިނޭންސް މިނިސްޓްރީ ގެ ސަމާލުކަމަށް މިމައްސަލަ ގެންނަން ޖެހުނީ ޕީޕީއެމަށް އެތައް ފަހަރަކު މަތިން އެދުމުން ވެސް، އެޕާޓީގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުމުން ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ޕީޕީއެމުން ވަނީ ކެމްޕޭނު ޖަލްސާތަކަށް ރަށްރަށުން ޗާޓަރު ފުލައިޓުގައި މީހުން މާލެ ގެނެސްފައެވެ. މީގެ އިތުރުންވެސް ކެމްޕޭނު ޓީމުތަކުންނާއި ރައިސް ޔާމީން އަދި އިސް ވަޒީރުން ވަނީ އެކިއެކި އަތޮޅުތަކަށް ވަރަށް ގިނަ ދަތުރުތައް ކޮށްފައެވެ.