Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ކަރަޕްޝަންގެ ތުހުމަތާއި އެކު ޖޭއެސްސީން ރިޒާ ވަކިކުރަން ހުށަހަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މަޖްލިސްއިން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކި ކުުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކަރަޕްޝަންގެ ތުހުމަތު ތަކަކާއި އެކު އެ މައްސަލަ މަޖްލިސްއަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

ނާޒިމް ވިދާޅުވީ ޖޭއެސްސީގައި ރިޒާ ހުންނަވައި ގާނޫނުން ލާޒިމް ކުރާ މަސްއޫލިއްޔަތު އަދާ ކުރަމުން ނުދާކަމަށެވެ. ގުިނަ ފަނޑިޔާރުންނާއި ގާތް ގުޅުމެއް އޮންނަ ރިޒާ ވަކީލެެއްގެ ގޮތުން ބޮޑު އަގުގައި ވަކާލާތު ކުރައްވާކަމަށްވެސް ނާޒިމް ހުށަހެޅުއްވި މައްސަލާގައިވެއެވެ.

ނާޒިމްގެ ސިޓީގައި ވިދާވެފައިވާ ގޮތުގައި ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބެއްލެވުމާއި ފިޔަވަޅު އެޅުއްވުމުގައި ރިޒާ ވަނީ ހަމަ އާއި އިންސާފުން އެއްކިބާވެވަޑައިގެންފަ އެވެ.

މީގެ އިތުރުންވެސް ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މައްސަލަތަކުގައި ވަކާލާތު ކުރައްވަން ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކަށް ރިޒާ ވަޑައިގެންނެވުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާްތްތަކަށް މިއަދު ލިބުމާއި އެކު މި މައްސަލަ ހުށަހެޅުއްވި އިރު ކޯޓުތަކުން ހިންގާފައިވާ ގިނަ ކަންކަން ހިންގުމުގައި ރިޒާގެ ދައުރު ބޮޑުކަމަށް ތުހުމަތުކޮށްފައިވެއެވެ.

ރިޒާ ޖޭއެސްސީގައި ހުންނަވާ މަޖްލިސް މެމްބަރެއްގެ ގޮތުގައި އައްޔަން ކުރެއްވީ ޕީޕީއެމްއިންނެވެ. އަދި އޭނާއަކީ ޖޭއެސްސީގެ ނައިބް ރައީސްއެވެ.