ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީން ފާސްކޮށްފިއެވެ.
ޕީޕީއެމް މެމްބަރުންގެ މެޖޯރިޓީ އޮންނަ އާއްމު ކޮމެޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 2017 ވަނަ އަހަރު 45 މެމްބަރުންގެ ސޮޔާއިއެކު ހުށަހެޅި މައްސަލަ އެގޮތަށް ކުރިއަށް ގެންދިއުމަށެވެ. ކޮމެޓީން ނިންމާފައިވަނީ މަސީހުއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތު ނުދީ 2 ގަޑި އިރުގެ ބަހުސަކަށްފަހު ވޯޓަށް ދިއުމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމަށް އާއްމު ކޮމެޓީން ނިންމި އިރު 51 މެމްބަރުންގެ ސޮޔާއި އެކު އޮކްޓޫބާރ 24 ވަނަ ދުވަހު ވަނީ ޕެޓިޝަން ހުށަހަޅާފައެވެ. އެ ޕެޓިޝަން މަޖްލިސްއަށް ބަލައި ގަނެ ނޮވެމްބަރ 8 ވަނަ ދުވަހު މަސީހުގެ މައްސަލާގައި ޖަލްސާ ބޭއްވުމަށް ވަނީ ނޯޓިސް ފޮނުވާފައެވެ.
ތަފްސީލް އަންނަނީ….