Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މަސީހު ވަކިކުރުން މާދަމާ ރޭ 8 ޖަހާއިރު!

މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު، ފޮޓޯ: އަވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ޖަލްސާ މާދަމާ ރޭ 8 ޖަހާއިރު ބާއްވަން ނިންމައިފިއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު މަޖްލިސްއަށް ހުށަހެޅި އިތުބާރުގެ މައްސަލަ މިއަދު މަޖްލިސްގެ އާއްމު ކޮމެޓީން ފާސް ކުރުމާއި ގުޅިގެންނެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާއްމު ކޮމެޓީން އެގޮތަށް ނިންމީ މަސީހުއަށް މަޖްލިސްގެ ރައީސް ކަމުގައި އިތުރު އެއްވެސް ފުރުސަތެއް ނުދިނުމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމަށް އާއްމު ކޮމެޓީން ނިންމި އިރު 51 މެމްބަރުންގެ ސޮޔާއި އެކު އޮކްޓޫބާރ 24 ވަނަ ދުވަހު ވަނީ ޕެޓިޝަން ހުށަހަޅާފައެވެ. އެ ޕެޓިޝަން މަޖްލިސްއަށް ބަލައި ގަނެ ނޮވެމްބަރ 8 ވަނަ ދުވަހު މަސީހުގެ މައްސަލާގައި ޖަލްސާ ބޭއްވުމަށް ވަނީ ނޯޓިސް ފޮނުވާފައެވެ.