ޕީޕީއެމް ކެމްޕެއިންތަކަށް މީހުން މާލެ ގެންދިއުމަށް މޯލްޑިވިއަންއިން ނަގާފައިވާ ޓިކެޓުތަކަށް ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާގެ ތެރެއިން 1 މިލިއަން ރުފިޔާ ދައްކައިފިއެވެ.
ޕީޕީއެމްއިން މޯލްޑިވިއަންއަށް 1 މިލިއަން ރުފިޔާ ދައްކާފައިވަނީ އެކުންފުންޏަށް ޕީޕީއެމްއިން ފައިސާ ނުދައްކައިގެން ފައިސާ ހޯދުމަށް އިލެކްޝަން ކަމިޝަނަށް ހުށަހެޅުމާއި ގުޅިގެންނެވެ. މޯލްޑިވިއަންއިން އިލެކްޝަން ކަމިޝަނުގައި އެދިފައިވަނީ ދައުލަތުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މޯލްޑިވިއަންއަށް ދޭން ޖެހޭ ފައިސާ އުނިކޮށްދިނުމަށެވެ. ނަމަވެސް އިލެކްޝަނުން ވަނީ އެކަން އެގޮތަށް ކޮށް ނުދެވޭނެކަމަށް މޯލްޑިވިއަންއަށް އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްއިން 4.8 މިލިއަން ރުފިޔާ ދައްކަން ޖެހުނީ ރައީސް ޔާމީންގެ ސައިޒު ދައްކާލުމަށް އަތޮޅު ތަކުން މީހުން މާލެ ގެނައުމަށް މޯލްޑިވިއަންގެ ބޯޓުތައް ޗާޓަރު ކުރުމުންނެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ކުންފުނިތަކުން އިވެނީ އެކުންފުނިތަކުގެ ފައިސާއަށް ވީނުވީއެއްް ނޭގިގެން އުޅޭ ކަމުގެ އަޑުތަކެވެ. އެގޮތުން މިފްކޯ ބަނގުރޫޓު ވެފައިވާ އިރު އެޗްޑީސީންވެސް ވަނީ މިލިއަނުން ހަރަދުކޮށްފައެވެ.