Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކުން ވަޅި ހެރި ކުއްޖާގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެ ފުރުވާލަނީ

ފުވައްމުލަކުގައި ރޭ ވަޅި ހަރައި ޒަހަމްކޮށްފައިވާ އެރަށު އަލްޓްރާ، އަހުމަދު އިނާން އިބްރާހިމް އިތުރު ފަރުވާއަށް މާލެ ފުރުވާލުމަށް ނިންމާފައިވާ ކަމަށް ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ 8:30 ހާއިރު އިނާނު ގޭގެ ކޮޓަރި ތެރޭގައި ލެޕްޓޮޕާއި ކުޅެން އިންދާ މޫނު ނިވާކޮށްގެން ތިބި ދެމީހަކު އެގެއަށް ވަދެ އިނާނުއަށް ވަނީ ސީރިއަސް އަނިޔާތަކެއް ދީފައެވެ.

ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ އިނާނުގެ ބޮލުގެ ފަސް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށެވެ. އަދި އަތަށާއި، ފައިގެ ބައެއް ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. ފަރުޒާދު ވިދާޅުވީ ބޮލަށް ދީފައިވާ ހަމަލާގައި ބޮލުގެ ކަށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ހޮސްޕިޓަލުން ބުނީ އާސަންދައިގެ ދަށުން އިނާނު މާލެ ފޮނުވާލުމަށް ކުރަން ޖެހޭ ހުރިހާކަމެއް ނިމިފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން 15 އަހަރުގެ ކުއްޖަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.