Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ފުވައްމުލަކުން ވަޅި ޖެހި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަން

ފުވައްމުލަކުގައި ރޭ ޒުވާނެއްގެ ބޮލަށް ވަޅި ޖެހި މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ރޭ 8:45 ހާއިރު ފުވައްމުލަކު އަލްޓްރާ އަހުމަދު އިނާނު އިބްރާހިމް ގޭގެ ކޮޓަރި ތެރޭގައި އިތުރު ކުދިން ތަކަކާއި އެކު ލެޕްޓޮޕާއި ކުޅެން ތިއްބާ ވަޅި ޖަހާފައިވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ.

ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އިނާނުގެ ބޮލުގެ ފަސް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރގެ އެހީގައެވެ. އިނާނުއަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަށް ފަރުވާ ދިނުމަށް މިއަދު ހެނދުނު މާލެ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.