މިއަދަކީ ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ހިތާމަވެރި ދުވަހެއް ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ. ޚަލީލް ކުރެއްވި ޓުވީޓެއްގައި ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެކަމަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވަނީ ގައުމުގެ އިޖުތިމާއީ ފޭރާން ލޫޓުވާލި މީހަކު ރާއްޖެ އަރާ ދުވަސް ކަމަށެވެ.
ޚަލީލްގެ ޓުވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރައްޔިތުންނެއް ވަނީ ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ.
އަތޮޅު ތެރޭގެ އެކި ކަންކޮޅުތަކުން ވެސް މާލެއަށް މީހުން ގޮސްފައިވާއިރު އެމްޑީޕީން ވަނީ ގުޅިފައިވާ އިއްތިހާދުގެ އެހެނިހެން ޕާޓީތަކާއެކު ނަޝީދަށް މަރުހަބާ ދެންނެވުމަށް ގިނަ ކަންތައްތަކެއް ރާވާފަައެވެ.