ކުރީގެ ރައީސް ދާދި ދެންމެއަކު ތިން އަހަރު ދުވަހު ބޭރުގައި ހުރުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.
އަނބިކަނބަލުން ލައިލާ އާއި އިންތިޚާބީ ރައީސް އިބޫއާއެކު ނަޝީދު ރާއްޖެ ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަަށް އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ އިތުރުން އިއްތިހާދުގެ އިސް ބޭފުޅުން އެއާޕޯޓަށް ވަޑައިގެންފައިވެއެވެ.
ނަޝީދަށް މަރުހަބާ ދެންނެވުމަށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން މިއަދު ވަނީ އަތޮޅު ތެރެއިން ވެސް ގިނަ ރައްޔިތުން މާލެ އަރާފައެވެ.
President @MohamedNasheed ‘s legal team welcomes him back home #thakechaaeku pic.twitter.com/SLrtQKYiA6
— Hisaan 🎈؟ (@hisaanhussain) November 1, 2018
ކަނޑު މަގުން ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު އެމްޑީޕީ ސަޕޯޓަރުން އަންނަނީ ކަނޑުގެ މަގުން ވެސް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ.

ނަޝީދު ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ޖުމުހޫރީ މައިދާން ސަރަހައްދަށް ވެސް މިއަދު ގިނަ ބަޔަކު ވަނީ އެއްވެފައެވެ.
Jumuhuree maidhaan yellow vejje #HeIsComingHome pic.twitter.com/dUgTU0gEXP
— Mujoo🎈 (@mujookeynee) November 1, 2018
ރައީސް ނަޝީދު ވަނީ ޗާނދަނީ މަގާއި މަޖީދީ މަގަށް އެއްވެފައި ތިބި ރައްޔިތުންނާ ސަލާން ކުރައްވަމުން ހިންގަވާފައި ވަޑައިގެންފައެވެ.
Majeedhee magun haruge ah. pic.twitter.com/1r2fdAlfHu
— Mujoo🎈 (@mujookeynee) November 1, 2018