Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

ރުއްގަސް ބޭރުކުރުމުގެ ހުއްދައެއް ނުދެން، ނުވެސް ދޭނަން: ކަސްޓަމްސް

ކާށިދޫ އިން ރުއްކަނޑައިގެން ބާޖަކަށް އަރުވާފައި: ފޮޓޯ އަވަސް

ރުއްގަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައިނުވާ ކަމަށާއި އެފަދަ ކަމެއް ހިނގަން އުޅޭ ކަމުގެ މައުލޫމާތުު ލިބިގެން އެކަން ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަސްޓަމްސް އިން އެއްވެސް ފަރާތަކަށް ރާއްޖެއިން ކަނޑާފައި ރުކާއި ގަސް ބޭރުކުރުމުގެ ހުއްދައެއް ދީފައިނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެކަން ކުރެވުނަ ނުދީ ހިފަހައްޓާފައިވާ ކަމަށް ބުނެފައިވެއެވެ.

ނ. އަތޮޅު މާފަރުން ގިނަ އަދަދެއްގެ ރުކާއި ގަސް ކަނޑައި ބޭރުކުރަން މަސައްކަތް ކުރަމުން ގެންދަނީ އަބޫ ދާބީއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި އެކަން ހުއްޓުވުމަށް އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ވެސް އަންގާފައެވެ.