Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

މަޖިލީހަށް ރައީސަކު ހޮވުން މިރޭ 9:15 ގައި!

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހަށް ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މިރޭ 9:15 ގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

މަޖްލިސްގެ ނައިބް ރައީސް ވިދާޅުވީ މިއަދު މެންދުރު މަޖްލިސްގެ ރައީސް ކަމުގެ މަގާމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމާއި ގުޅިގެން މިރޭ 9:15 ގައި ބާއްވާ ޖަލްސާގައި ކުރިއަށްދާނެކަމަށެވެ.

މަޖްލިސްގެ ރައީސްކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ޖުމްހުރީ ޕާޓީގެ ލީޑަރ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ)އެވެ.

ގާސިމް މަޖްލިސްގެ ރައީސަކަށް އިންތިހާބު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ފާސްކޮށްފައެވެ. މަޖްލިސްގެ މިހާރު އައްލަބިއްޔަތު ލިބެނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މަސީހު މިއަދު އިސްތިއުފާ ދެއްވީ މިރޭ އެމަނިކުފާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައިވަނިކޮށެވެ.