Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

މިފަހަރު މިހިރީ މުގުލުގައި، ކޯލިޝަން ރޫޅިޔަކަ ނުދޭނަން: ނަޝީދު

އެެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ހުންނެވީ ކޯލިޝަންގެ މުގުލުގައި ކަމަށާއި ކޯލިޝަން ރޫޅި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަން ދަމަހައްޓަން ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށް ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ދިވެހި ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި އިބޫ އަކީ ދުވަހަކުވެސް ހިޔަންޏެއް ނޫން ކަމަށާއި އެމަނިކުފާނަކީ މުގުލެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ މިވެރިކަމުގައި އެމަނިކުފާންވެސް އަދި ރައީސް މައުމޫންވެސް، ގާސިމް އިބްރާހިމްވެސް އަދި ޝެއިހް އިމްރާންވެސް ބާކީ ނުވާނެކަމަށާއި، މި ކޯލިޝަން ދެމެހެއްޓުމުގެ މުގުލުގައި ހުންނަވާނެކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ލީޑަރުންނަށް މިވަނީ ސާފު އެއްބަސްވުންތަކެއް އެއްބަސްވާން ޖެހިފައި، މި އެއްބަސްވުންތަކަކީ ކިހިނެތްތޯ ރާއްޖޭގެ ކަންކަން ކުރިޔަށް ގެންދާނީ، ދެބަސްވީމަ ހަދާނީ ކިހިނެތްތޯ، ދެބަސްވާން ކޮންމެ ފަހަރަކު އަނެއް މީހާ ގޮސް ޖަލަށް ލުމަކީ ސިޔާސީ ގޮތުން އެއްވެސް ބަޔަކަށް ފައިދާ ކުރާ ކަމެއް ނޫން،"

ނަޝީދު ވިދާޅުވީ އިބޫގެ ވެރިކަމުގެ މެދުތެރެއިން އިންތިހާބަކަށް އެއްވެސް އިރެއްގައި މަޝްވަރާ ކުރެވިފައި ނުވާކަމަށާއި އެކަމަށް ގާނޫނު އަސާސީ ތަންނުދޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިބޫގެ ސަރުކާރަކީ ތަޖްރިބާކާރުން ގިނަ ސަރުކާރެކެވެ. އެގޮތުން އިބޫ އާއި އެކު ދެ ރައީސުން ތިއްބެވި ކަމަށާއި، ގާސިމް އިބްރާހިމް އަކީ ހިންގުންތެރި ސަރުކާރުގެ ގިނަ މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާ ކާރު ބޭފުޅެކެވެ. އަދި ޝެއިހް އިމްރާނަކީ ހަރުދަނާ ސިޔާސީ ޝަހުސެކެވެ، އެހެންވެ އިބޫގެ ސަރުކާރު ވަރުގަދަ ވެގެންދާނެކަމަށެވެ.