Last Updated: July 22, 10:52
Tuesday, July 22, 2025
ޚަބަރު

ގާސިމް، އަދުރޭ މަޖްލިސްގެ ރައީސް ކަމަށް، ވޯޓުލުން ކުރިއަށް!

ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރިމަތިލައްވައިފި އެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ގާސިމް އިބްރާހިމްގެ ނަން ހުށަހެޅުއްވީ އިންތިހާބީ ރައީސް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހު އެވެ. އެ ނަމަށް ތާއީދު ކުރެއްވީ އިންތިހާބީ ނައިބް ރައީސް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްއެވެ.

އަބްދުއް ރަހީމްގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފުއެވެ އަދި އެ ނަމަށް ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހުއެވެ.

މަޖްލިސްގެ ރިޔާސަތުން ވަނީ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުން ހިމެނޭ ކޮމެޓީއެއް އެކުލަވާލާފައެވެ.

އެކޮމިޓީގެ މެމްބަރުން

1- ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު
2- މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް
3- ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
4- ކެނދިކުޅުދޫ ދާއިރާގ މެންބަރު އަލީ މައުރޫފް
5- މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް

ކޮމެޓީ އެކުލަވާލުމަށްފަހު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާ އިރު ވޯޓު ކަރުދާސް ޗާފު ކުރުމުގެ މަސައްކަތް މަޖްލިސްގެ އިދާރީ މުވައްޒަފުން ދަނީ ކުރަމުންނެވެ.

ތަފްސީލް އަންނަނީ….