Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނަޝީދުގެ އައްޑޫ ދަތުރުފުޅު ފަސްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން އެ ދަތުރުފުޅު މިމަހުގެ 9 ވާ ހުކުރު ދުވަހަށް ފަސްކޮށްފިއެވެ.

ތިން އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށް އިއްޔެ މާލެ ވަޑައިގެންނެވި ނަޝީދަށް ހޫނު މަރުހަބާއެއް ސަޕޯޓަރުން ވަނީ ކިޔާފައެވެ.

މާލެއެކޭ އެއްފަދައިން އައްޑޫ ސިޓީވެސް ވަނީ ނަޝީދު ވަޑައިގަންނަވަން ވާއިރަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ނަމަވެސް އިއްޔެއާއި މިއަދު އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި ވަރަށް ގިނަ ގެތަކަށް ފެންވަދެ، މަގުތަކުގައި ވަނީ ދަތުރުކުރަން ދަތިވާ ވަރަށް ފެން ހެދިފައެވެ.