Last Updated: March 29, 16:45
Friday, March 29, 2024
ދުނިޔެ

ރާޖަޕަކްސްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަނީ

ސްރީ ލަންކާގެ އާ ބޮޑުވަޒީރު އަދި އެގައުމުގެ ކުރީގެ ރައީސް، މަހިންދަ ރަޖަ ޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް މައްސަލަ ހުށައަޅައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހައުސް އޮފް ލަކްސްމަންގެ ލީޑަރު މިމައްސަލަ ހުށައަޅާފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 119 މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

ރާޖަޕަކްސަ މަގާމަށް ގެނައުމަށް ރައީސް ސިރިސެނާ ގާނޫނާއި ޚިލާފު ވެފައިވާ ކަމަށް ބުނެ ލަންކާގެ ގާނޫނީ ފަރާތްތަކުން އަންނަނީ ސިރިސެނާއަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ސިރިސެނާ ވަނީ ބޮޑުވަޒީރު ރަނިލް ވަކިކޮށް ރާޖަޕަކްސަ އައްޔަން ކުރުމުގައި ލަންކާގެ ގާނޫނާއި ޚިލާފު ވެފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.