ކޯލިޝަން ސަރުކާރެއް ރާއްޖޭގައި ކާމިޔާބުކޮށް ހިންގޭނަމަ އެމީހަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވަނިކޮށް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން މިނިވަން ކުރުމާއި ގުޅިގެން އަދާލަތު ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ޝެއިހް އިމްރާން ވިދާޅުވީ ކޯލީޝަން ސަރުކާރު ފަސް އަހަރަށް ފުރިހަމަ ކުރުމަކީ ވަރަށް ބުރަ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަން ރާއްޖޭގައި ކުރެވޭނަމަ ކުރައްވާނެ ބޭފުޅަކީ ރައީސް އިބޫ ކަމަށެވެ.
https://m.facebook.com/story.php?story_fbid=10156949587288000&id=529187999
އިމްރާން ވިދާޅުވީ ފާއިތު ތިން އަހަރުގައި، ވަކިން ހާއްސަކޮށް ކޯލިޝަން ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސި ހިސާބުންވެސް އިބޫ އާއި އެކު ގިނަ މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ނަމަވެސް އިންތިހާބުގެ ފަހު ތިން ހަފްތާ ތެރޭގައި އިބޫ އާއި ގުޅަމުން އައި ގޮތް ބަދަލުކުރިކަމަށެވެ. އަދި އެގޮތަާް އެކަން ކުރީ އިބޫގެ ކަންކަން ބިޒީ ވާނެވަރު އިހްސާސު ކުރެވޭތީ ކަމަށެވެ.'
ކޯލިޝަންގެ ސަރުކާރުގައި ކުރިއަށްދާއިރު އެކަށީގެން ނުވާ މިންވަރަކަށް އެއްވެސް ކަމެއްގައި އެ ކޯލިޝަނުން އުންމީދު ކޮށްގެން ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ގައުމުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމާއި ސަރުކާރުގެ ކުންފުނިތަކަށް މީހުން އައްޔަން ކުރުމާއި ރާއްޖޭގެ އިގްތިސޯދީ މައްސަލަތަކާއި ބޮޑެތި ކުށްތަކާއި ޖަރީމާތަކަށް ހައްލު ހޯއްދަވަން އިބޫ މަސައްކަތްޕުޅު ފެއްޓެވުމާ އެކު، ކަންތައްތަކުގެ ފަސް ޕަސެންޓު ވެސް ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ އެކަންކަމާއި މާޔޫސްވެވަޑައި ނުގެން ކުރިއަށް ދިއުމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ދީނާއި ގައުމުގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް އޭނާ ދޫކޮށެއް ނުލައްވާނެ އެވެ. އެކަމަކު ވިދާޅުވީ، އޭނާ އަކީ "ވަރަށް ބަލިކަށި، އާރެއް ބާރެއް ނެތް، ނިކަމެތި" ބޭފުޅެއް ކަމަށާއި ނުކުރެއްވޭނެ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށެވެ. ނަމަވެސް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ އަބަދުވެސް މަޝްވަރާ ކަންކަމުގައި އެންމެ ގިނައިން ކުރާ ޕާޓީ ކަމަށާޢި ކަމެއްގައި އެންމެން އެކު ނިންމާ ނިންމުން ކޮންމެހެން ކާމިޔާބުވާން ނުޖެހޭ ކަމަށެވެ. އަދި ފަރުދީ ވިސްނުން ދޫކޮށް އެންމެންގެ ފައިދާއަށް މަސައްކަތް ކުރުމަށް އިމްރާން ޕާޓީގެ މެމްބަރުންނަށް އިލްތިމާސް ކުރެއްވިއެވެ.