Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އިރާނާ ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

އެމެރިކާ އިން އިރާނާ ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

އިރާނާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ބާތިލުކުރީ އޮބާމާގެ ދެވަނަ ދައުރުގައި، 2015 ވަނަ އަހަރުގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭރު އެޅި ހުރިހާ ދަތިކުރުމުގެ ފިޔަވަޅެއް އަލުން އިއާދަ ކުރުމަށް ނިންމަވާފައެވެ.

ވައިޓް ހައުސް އިން ބުނެފައިވަނީ މިއީ މިހާތަނަށް އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާ އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު ކަމަށެވެ. އޮބާމާގެ ވެރިކަމުގައި އިރާނާއެކު ވެފައި އޮތް ނިއުކްލިއަރ އެއްބަސްވުމަކީ ޓްރަމަޕް ދެކޭގޮތުގައި އެއް ފަރާތަކަށް ބުރަވާ އެއްބަސްވުމެކެވެ.

ޓްރަމްޕް ވަނީ އިރާނުގެ ލީޑާރަ ހަސަން ރޫހާނީއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ. ޓުވިޓާ މެދުވެރިކޮށް ޓްރަމް ރޫހާނީއަށް އިންޒާރު ދީފައިވާއިރު އދ. ސަމިޓުގައި ވެސް ޓްރަމްޕް ވަނީ ރޫހާނީއާ ބައްދަލުކުރެއްވުމަށް ދެކޮޅު ހަދާފައެވެ.