Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ނަޝީދުގެ އައްޑޫ ދަތުރުފުޅު އަންގާރަ ދުވަހަށް އަވަސްވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެ އަހަރަށްވުރެ ގިނަ ދުވަހު ގައުމުން ބޭރުގައި ހޭދަކުރެއްވުމަށް އެނބުރި ރާއްޖެ ވަޑައިގެން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް އަނެއްކާވެސް ބަދަލު އަތުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ނަޝީދު ކުރައްވާ ދަތުރުފުޅު މިހާރު ނޮވެމްބަރު 6 ވާ އަންގާރަ ދުވަހަށް ވަނީ އަވަސް ވެފައެވެ. ފުރަތަމަ ނޮވެމްބަރު 3 ވާ ހޮނިހިރު ދުވަހު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަތުރުފުޅު އަންނަ ހުކުރަށް ފަސް ކުރެވިގެން ދިޔައެވެ.

ނަމަވެސް އަނެއްކާވެސް ދަތުރު އަވަސްވެފައިމިވަނީ މޫސުން ރަނގަޅުވުމުގެ މަލަމަތި ފެންނާން ފެށުމުންނެވެ. އައްޑޫ ސިޓީއިން އަބަދުވެސް ނަޝީދަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިފަހަރުވެސް އެމްޑީޕީގެ އައްޑޫ ގޮފިން އަންނަނީ ނަޝީދަށް މަރުހަބާ ދެންނެވުމަށް ގިނަ ކަންތައްތަކެއް ރާވަމުންނެވެ.